Maldives: 60 އަހަރަށްފަހު ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރަނީ.

2017 ޖުލައި 21 ގައި މަރުގެ ޙުކުމް ތަންފީޒުކުރަން އަލުން ފަށާނެކަން ދިވެހިރާއްޖޭގެ ސަރުކާރާ ގުޅުންހުރި ފަރާތްތަކުން ވަނީ ޔަޤީންކޮށްދީފައެވެ. އަދި ހަމަ އެ ދުވަހު،މަރުގެ ޙުކުމް ތަންފީޒުކުރަން އަލުން ފެށުމަށް ސަރުކާރުން ރާވަމުންދާކަމަށް ބުނެ ކަށަވަރުކުރެވިފައި ނުވާ ރިޕޯޓުތަކެއް އެކިއެކި ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ޢާއްމުކޮށްފައިވެއެވެ. އަދި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި މެރުމަށް ކޮށްފައިވާ ޙުކުމްތަކަކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ތާޢީދުކޮށްފައިވާތީ، އެ މީހުންގެ ޙުކުމް ތަންފީޒުކުރާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ދެންނެވުނު ޙުކުމްތައް ތަންފީޒުކޮށްފިނަމަ އެއީ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭ އެންމެ ފުރަތަމަ މަރުގެ ޙުކުމްތަކަށް ވާނެއެވެ.

Choose a language to view report

Download PDF